logo

ގަވާއިދާ ހިލާފަށް އުޅޭ 18 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 18:40

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން

ގަވާއިދާ ހިލާފަށް އުޅޭ 18 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގެ 08 ގެއެއް ބަލައި 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ބިދޭސީންނާ ގުޅޭ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 626 މައްސަލަ ހުށަހަޅާފައިވެއެވެ.

މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 626 ހުށައަޅާފަވާއިރު އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496 އެވެ.

މީގެ ތެރެއިން ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 105އަށް އަރާއިރު، އެ އިދާރާއާއި ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 25 ރިޕޯޓު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއާއެކު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ފުރުވާލާފައެވެ.

ޖުލައި މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

tel:+9607331319