logo

ބުޅާ މަސް ވިއްކި މީހާއަށް ކުރަނީ ޖިނާއީ ދައުވާ

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 19:39

ބުޅާ މަސްވިއްކި ބަންގްލަދޭޝް މީހާ // ފޮޓޯ: އިމިގްރޭޝަން

ބުޅާ މަސްވިއްކި ބަންގްލަދޭޝް މީހާ // ފޮޓޯ: އިމިގްރޭޝަން

މާލެ ތެރޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަސް ކައްކައި ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއެއްކަމަށްވާ އެމްޑީ އަރަފާތުގެ މައްޗަށް ކުރަނީ ޖިނާއީ ދައުވާއެއްކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މައްސަލައިގެ ތަހުގީގަށް އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައިހުރި އަރަފާތު ޑީޕޯޓުކޮށްލެވޭނީ މިކަމާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ނިމުމުން ކަމުގައި އިމިގްރޭޝަނުންވަނީ ބުނެފައެވެ.

ގ. ރަނައުރާގެއާގޭގައި 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން ދިރިއުޅޭ މި ބިދޭސީ މީހާ ބުޅާ މަސް ކައްކައި ޕާރުސަލުކުރަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ކަމަށް ތުހުމަތު ކުރެއެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށާއި އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށެވެ.

ބަންގްލަދޭޝަނަށް ނިސްބަތްވާ އެ ބިދޭސީ މީހާ އޯގަސްޓުމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:35 ހާއިރު ހައްޔަރުކޮށް އިމިގްރޭޝަނުން ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފައެވެ. އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ބޯކޮށާ ތަނެއްގެ ތެރެއިންނެވެ.

އިމިގްރޭޝަނުން ބުނީ އޭނާ ހައްުޔަރުކޮށްފައިވަނީ އެ އިދާރާގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހިން ހިންގަމުންއައި ކުދި ވިޔަފާރިތަކަށްވެސް ހުރަސްއެޅި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއާއި ހެލްތު މިނިސްޓްރީންވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލު ހަރުކަށިކޮށްފައެވެ.

tel:+9607331319