logo

4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

profile

ޝާމާ ޝުޢައިބު - 19 އޮކްޓޯބަރު 2024 - 17:10

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 4.27 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެއީ އެއް މަހާއި، ތިން މަހާއި، ހަ މަހާއި، އެއް އަހަރުތެރޭ އަނބުރާ ދައްކަން ޖެހޭ ހަތަރު ބިލު ކަމަށެވެ.

އެ ބިލުތައް ވިއްކަނީ:

  • އެއް މަސް، 1.97 ބިލިއަން ރުފިޔާ %3.50 އިންޓަރެސްޓުގައި
  • ތިން މަސް، 172 މިލިއަން ރުފިޔާ %3.87 އިންޓަރެސްޓުގައި
  • ހަ މަސް، 830 މިލިއަން ރުފިޔާ %4.23 އިންޓަރެސްޓުގައި
  • އެއް އަހަރު، 1.29 ބިލިއަން ރުފިޔާ %4.60 އިންޓަރެސްޓުގައި

ބިލް ގަންނަ ފަރާތްތަކުން ބިލަށްވާ ފައިސާ އަންނަ ހޯމަ ދުވަހު ދައްކައި ހަލާސްކުރަން ޖެހެއެވެ.

ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ.

މި އަހަރުގެ ބަޖެޓު ހަރަދުތައް ހަމަޖައްސަން 16.31 ބިލިއަން ރުފިޔާ ބޭނުންވޭ. އެއީ އާމްދަނީގެ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ 8.8 ބިލިއަން ރުފިޔާ އާއި ދަރަނީގެ އިންޓްރެސްޓް އަދާކުރަން ހަރަދުވާ 5.2 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް އަދާކުރަން ހަރަދުވާ 2.2 ބިލިއަން ރުފިޔާ. ބޭރުގެ ފަރާތްތަކުން ހޯދާ ފައިސާގެ ތެރެއިން 8.5 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން އިއުލާނުކުރީ މި މަހުގެ ކުރީކޮޅެވެ.

https://int.etukuri.mv/
tel:+9607331319