logo

ރިސޯޓުތަކުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފި

profile

އާމިނަތު ޝަފާ - 14 ޖުލައި 2024 - 13:28

މިނިސްޓަރ ފައިސަލް

މިނިސްޓަރ ފައިސަލް

ރިސޯޓުތަކުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވެމްކޯއިން ރިސޯޓުތަކުގެ ކުނި ނެގުމުގެ ޚިދުމަށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިޞަލް ވިދާޅުވީ މިހާތަނަށް އައިއިރު ރިސޯޓުތަކުން ކުނި އުކާލަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށާއި މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ ރީތިކޮށް ބާއްވާ، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެޖެހޭކަމަށެވެ.

ވެމްކޯ އިން ބުނީ ރިސޯޓް ކަލެކްޝަންގެ ޚިދުމަތް ވެމްކޯ އިން ފެށީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ. މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

https://wamco.com.mv/
tel:+9607331319