logo

ރެއިންފެށިގެން މިހާތަނަށް ޣައްޒާއިން 80 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

profile

ސައިފް އަޒުހަރު - 15 މޭ 2025 - 08:45

އިސްތިއުމާރީ ޓެރަރިސްޓުން ރެއިން ފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 80 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފިއެވެ.

https://wamco.com.mv/

ޝަހީދުކޮށްލާފައިވާ ގިނަމީހުންނަކީ ކުޑަކުދިން އަންހެނުން ކަމަށް ޣައްޒާގެ ސިއްހީ ފަރާތްތަކުން ބުނެއެވެ.

ރޭގައި ޓެރަރިސްޓުން އެންމެ ވަރުގަދައަށް ބޮންއަޅާފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށެވެ.

ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެފައިވަނީ، ޚާން ޔޫނިސްގައި އާއިލާތައް ތޮއްޖެހިގެން ދިރިއުޅެމުންދިޔަ 13 ގެއަކަށް ޓެރަރިސްޓުން ރޭގައި ބޮންއަޅާފައިވާ ކަމަށެވެ. އަދި އާންމުން ދިރިއުޅޭ އެތައް ޓެންޓަކަށްވެސް ބޮންއަޅާފައިވާ ކަމަށެވެ.

ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި އެކަނިވެސް 57 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވެއެވެ.

ޚާން ޔޫނިސްއިން ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިން ކަމަށް، ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ދެކުނުގެ އިތުރުން، ޣައްޒާގެ އުތުރުން ބައިތު ލާހިޔާއަށްވެސް ރޭގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވާއިރު، ޖަބަލިއާ ރެފިއުޖީ ކޭމްޕަށް މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay