
ދުވަސްވީ މީހުންނަށް އޯގާތެރިވުމަކީ ދައުލަތުގެ މުހިންމު ޒިންމާއެއް: ސިއްހީ ވުޒާރާ

ރިޟްވާން މޫސާ - 27 ޖޫން 2026 - 07:07
އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާއިރު، އެފަރާތްތަކަށް ބޭނުންވާ ޚާއްސަ އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މުހިންމު ޒިންމާއެއްކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.
2031ވަނަ އަހަރުން ފަށައިގެން ރާއްޖެ ދެން ދަތުރުކުރަން ފަށާނީ، އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށެވެ. ރާއްޖޭގެ އަލަށް ކުދިން އުފަންވާ ރޭޓް ދަށްވަމުންދާކަން، އުފަންވެނި ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި މީހުން މަރުވާ އުމުރު އެވަރެޖްކޮށް 81 އަހަރަށް އިތުރުވަމުންދަކަން އދ.ގެ ރިޕޯޓެއްގައިވެސް ފާހަގަކޮށްފައިވެއެވެ.
65 އަހަރުން މަތީގެ އާބާދިއަކީ، ރާއްޖޭގެ މުޅި އާބާދީގެ %5އެވެ. ނަމަވެސް 2050 ވަނަ އަހަރު އަންނައިރު، އާބާދީގެ %21.5 މީހުންވެގެންދާނީ އުމުރުން ދުވަސްވީ އާބާދިއަށެވެ. އެއީ އަދަދުން ބަލާއިރު، ލައްކައަކަށްވުރެ ބޮޑު އާބާދީއެވެ.
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޒުވާނުންގެ އާބާދީ ދައްވުމާއި އާއިލީ ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅާލާނެ ފަރާތެއް ނެތް އިސްރަށްވެހިންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ރާއްޖޭގެ 3 ސަރަޙައްދެއްގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރުތައް ތަރައްޤީކުރަނީ ށ. ފުނަދޫ، ކ. ތުލުސްދޫ އަދި އައްޑޫ ސިޓީ ފޭދޫގައެވެ.
އައްޑޫ ސީޓީގައި ޤާއިމުކުރާ ސެންޓަރުގެ މަސައްކަތް މިއަހަރު ޖެނުވަރީ މަހު ވަނީ ފަށާފައެވެ. މިއީ 80 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ށ. ފުނަދޫގެ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިއީ 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަސައްކަތް 1 އަހަރުން ނިންމާނެއެވެ.
ކ. ތުލުސްދޫގެ މަރުކަޒުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 120 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މިއީ ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ އިތުރުން، އަމިއްލައަށް އެދިގެން ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރާ، އެކި ގިންތީގެ ކޮޓަރިތައް ހިމެނޭ މަރުކަޒެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭ އެޕާޓްމަންޓަކުން ހަތަރު މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން

85 ޒުވާން ޚަޠީބުން: ތަމްރީން ޕްރޮގުރާމުގެ 4 ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި
6 ގަޑިއިރު ކުރިން
މ. މުލީ ފިޓްނަސް ސެންޓަރުގެ 70 އިންސައްތަ ނިމިއްޖެ
6 ގަޑިއިރު ކުރިން

މެޑަމް ސާޖިދާ، ރަސްމީ ދަތުރުފުޅެއްގައި މ، މުލަކަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)