
ކަރަންޓް ބިލްތައް ތައްޔާރުކޮށްފައިވަނީ އުސޫލާ އެއްގޮތަށް: ފެނަކަ

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 16:10
ފެނަކަ ކޯޕަރޭޝަނުން، އެ ކުންފުނީގެ ޚިދުމަތް ލިބިގަންނަ އެއްވެސް ފަރާތެއްގެ ކަރަންޓު ބިލެއް ކަނޑައެޅިފައިވާ އުޞޫލާ ޚިލާފަށް ތައްޔާރުކޮށް، ބިލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ހާމަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، މިދިޔަ މާރިޗު މަހު ކަރަންޓު ރީޑިން ނެގުމާއި ބިލު ތައްޔާރުކުރުމުގައި ޢަމަލުކޮށްފައިވަނީ، އެހެން މަސްމަހުގައިވެސް ޢަމަލުކުރަމުން އަންނަ، ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ކަނޑައަޅައި ޢާންމުކޮށްފައިވާ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން، ތައްޔާރުކޮށްފައިވާ ބިލަކާ ގުޅޭގޮތުން ކަމެއް ޝައްކު ކުރެވޭ ފަރާތަކުން ރީޑިން އިތުރަށް ޗެކްކޮށްދިނުމަށް އެދިއްޖެ ހިނދެއްގައި، ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުންފުނި ތައްޔާރަށް އޮތް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ، ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރީލް، އަދި މެއި މަހަކީ ކަރަންޓު ބޭނުންކުރުން އެންމެ ބޮޑަށް އިތުރުވާ ދުވަސްވަރު ކަމަށްވާތީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ ހޭދަ ކުޑަކުރުމަށް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގޮވާލާފައެވެ. މި ދުވަސްވަރު ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
2 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: ރައީސް
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ ނޮވެމްބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން: ރައީސް
4 ގަޑިއިރު ކުރިން

ރައީސްގެ އަބުރުފުޅާއި ގުޅުވައިގެން ދޮގުވާހަކަ ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ނިންމަވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)