
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ފިޗް އިން ކްރެޑިޓް ރޭޓިންގ މަތިކުރީ ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ޕީއެންސީ

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 10:42
ފިޗް އިން ކްރެޑިޓް ރޭޓިންގ މަތިކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޕީއެންސީ އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ އެއް ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީސީ އިން ސީސީސީ މައިނަސް އަށް މަތިކޮށްފައެވެ.
ފިޗް އިން ކްރެޑިޓް ރޭޓިންގ މަތިކުރުމާއި ގުޅިގެން ޕީއެންސީ އިން އާއްމުކުރި ބަޔާނެއްގައި ބުނީ ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، އިގްތިސާދީ ފުން އަނދަވަޅަކަށް ވެއްޓިފައި އޮތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ދަރަނި ރެކޯޑް މިންވަރަކަށް އިތުރުވެ، ބޭރުގެ ދަރަނިތައް އަދާކުރުމުގެ ގާބިލުކަމާމެދު އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓިންގ ދަށްކުރުމުގެ ސަބަބުން، ބޭރުގެ މާލީ ބާޒާރުތަކުން ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ، ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމުގެ ގައުމީ މަސައްކަތްޕުޅު ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވެސް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް އިގްތިސާދުގައި ބުންވަރު ޖައްސަން ކުރެއްވި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ފައިސާ އާއި ބެހޭ ގާނޫނެއް ވުޖޫދުކޮށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާއިން ލިބޭ ވަކި މިންވަރެއް ރާއްޖޭގެ މާލީ ނިޒާމަށް މާރުކުރަން ލާޒިމް ކުރުން ހިމެނެއެވެ.
ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ އިން މާލިއްޔަތަށް މާރުކުރާ މިންވަރުން ބައެއް ސޮވެރިން ޑިވޮލަޕްމަންޓް ފަންޑް، އެސްޑީއެފަށް ޖަމާކުރަން މިސަރުކާރުން ފެށިއެވެ. އެކަމުގެ ނަތީޖާ އެއްގެ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ދައްކާ ހަލާސް ކުރެވުނެވެ.
އޭޕްރިލް މަހު ދައުލަތުން ވަނީ 500 މިލިއަން ސުކޫކު ދައްކާ ހަލާސްކޮށްފައެވެ.
ސުކޫކު ދައްކަން ޖެހުނު އިރު އެސްޑީއެފްގައި 320 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން އިންޑިއާގެ ރިޒާވް ބޭންކުން ކަރަންސީ ސްވޮޕްގެ ގޮތުގައި ނަގާފައިވާ 400 މިލިއަން ޑޮލަރާއި 2019 ވަނަ އަހަރު އިންޑިއާ އިން ލޯނުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިއަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ވަނީ ދައްކާފައެވެ.
މިހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފިޗްގެ ކްރެޑިޓް ރޭޓިންގ ސީސީ އިން ސީސީސީ އަށް މަތިކޮށްފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: ސީއީއޯ އަނަސް
ގަޑިއިރެއް ކުރިން

މަރްހޫމް ސިއްދީގުގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި
ގަޑިއިރެއް ކުރިން

ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ އިގްތިސާދީ މިސްރާބަށް އޮތް އިތުބާރު އާވެގެންދިޔަ ކަމުގެ ވަރުގަދަ ނިޝާނެއް : ސައީދު
3 ގަޑިއިރު ކުރިން

ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ މާލީގޮތުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ކާމިޔާބީ: ފިނޭންސް މިނިސްޓަރ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)