
ރައީސް މުއިއްޒުގެ ސަރުކާރުން ހައްގަކުން ހައްގަކުން ނިގުޅައިގަނެއްޖެ: ފައްޔާޒް

ރިޟްވާން މޫސާ - 21 މޭ 2026 - 19:56
ރައިސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގާނޫނު އަސާސީން ދީފައިވާ ހައްގުތަކުގެ ތެރެއިން ހައްގަކުން ހައްގަކުން ނިގުޅަިގަނެފައިވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މި ސަރުކާރަށް އަމާޒުކޮށް ވަރަށް ހޫނު ގަދަ ނުރުހުންތެރި ބަސްތަކެއް އަމާޒުކުރައްވާފަ އެވެ.
ޖަސްލާގައި އެއްވެ ތިބި ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ބައްދަލުރައްވައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުަތައް ގަބޫލުނުކުރާ ހުދުމުހުތާރު ވެރިންނަށް ރާއްޖޭގެ ވެރިކަމަށް ނާެދެވޭނެ ގޮތް ހެދުން ކަމަށެވެ.
ހުދުމުހުތާރު ވެރިކަމެއް ކޮށްފައިވާ ފަރާތްތަކަށް ވެސް ވެރިކަމަށް އާދެވޭ ކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެންވެސް މި ކަން ބަދަލުކުރުމަކީ މިއަދު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ވެފައިވާ ކަމެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި މީގެ އެތައް އަހަރެއް ކުރިން އިސްލާހީ މަސައްކަތް ފެށިއިރު ނެރެވުނު ހިތްވަރެއް މިއަދު ނެތުމަކީ ހަގީގަތް ކަމަށެވެ.
ޖަލްސާގައި ފައްޔާޒް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ވެސް މި ސަރުކާތުން ނިގުޅަިއި ގަނެފައިވާ ކަމަށް ވިދާޅުވެ އަދަދު ނޫހުނުގެ ދެ ނޫސްވެރިޔަކު ބަންދުކޮށްފައިވާތީ އެ މީހުން ދޫކޮށްލުމަށް ވެސް ގޮވާލައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ނާޒިމް ވަކިކުރަން އުޅެނީ ރައީސް މުއިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓަކަށް ތައްޔާރުވާތީ: ނަޝީދު
3 ގަޑިއިރު ކުރިން

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން ހޯދަން ފަށައިފި
11 ގަޑިއިރު ކުރިން

ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު: އެމްއެމްއޭ
12 ގަޑިއިރު ކުރިން

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)