logo

ރާއްޖޭގައި ޕޭޕަލް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރައްވައިފި

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 09:57

ރައީސް ސަމަންތާ ޕަވަރއާ ބައްދަލުކުރައްވަނީ

ރައީސް ސަމަންތާ ޕަވަރއާ ބައްދަލުކުރައްވަނީ

ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑް ގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތާރީފުކުރައްވާފައެވެ. އަދި މި ފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުޞަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަޤީންކަންއަރުވާފައެވެ.

https://int.etukuri.mv/
tel:+9607331319