
މާލޭ މޭޔަރު ކަމުގެ ޒިންމާ އަދާއެއް ނުކުރެވޭ: ރައީސް

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 09:28
މާލޭގެ މޭޔަރު ކަމުގެ ޒިންމާ ފުރިހަމަ އަށް އަދާ ނުކުރެވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފައި ވަނީ މާލޭގެ މޭޔަރު ކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހުގަ އެވެ.
މާލޭގެ މޭޔަރު ކަމަށް މިވަގުތު ހުންނެވީ ސަރުކާރުގެ ކޯލިޝަނާއިު އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އާދަމް އާޒިމެވެ. އެމަނިކުފާނު ގެންދަވަނީ އަންނަ ދައުރުގައިވެސް މާލޭގެ މޭޔަރު ކަމުގެ ގޮނޑިއަށް ވާދަކުރައްވަމުންނެވެ.
ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުން މާލޭ ސިޓީ ކައުންސިލާ މަތި ކުރައްވާފައިވާ ކަންކަން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް ނުކުރެވި ފެއިލް ވެފައިވާ ކަމަށެވެ.
ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރުންވެސް މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ ކައުންސިލަރުން ތިބި ކަމުގައިވިނަމަވެސް ސިޓީ ކައުންސިލްގެ އެންމެ ފަހުގެ ނިންމުން ތައް ނިންމުމާއި ގޮތް ނިންމެވުން އޮންނަނީ މޭޔަރުގެ އަތްޕުޅު މަތީގައި ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނުގެ މޭޔަރު ކަމުގައި ރައްޔިތުންގެ މަސްއޫލިއްޔަތު އެމަނިކުފާނާއި ހަވާލުކުރެއްވެވި މަސައްކަތްތައް ދައްކުވައިދޭ ފޮތެއް ދައްކާލައްވާފަ އެވެ.
ރައީސް ވިދާޅުވީ ހާއްސަ ގޮތެއްގައި މާލޭ ސިޓީގެ މޭޔަރު ކަމުގެ ޒިންމާ އަދާކުރެއްވުމާއި، ރައްޔިތުން ހަވާލުކުރެއްވެވި މަސައްކަތްތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނިގިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވަނީ މިހާރު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކޮށްދިނުމަށް ހަނދުމަކޮށްދެއްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުން
3 ގަޑިއިރު ކުރިން
ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭން ފަށައިފި
21 ގަޑިއިރު ކުރިން
ހުރުމުޒް ކަނޑުއޮޅި މައްސަލައިގައި އެމެރިކާ އަދި އީރާނުން ކުރިމަތިލުންތަކެއް!
21 ގަޑިއިރު ކުރިން

ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)