
ޗެމްޕިއަންސް ލީގު ޕްލޭ އޮފްގެ ޖާގައެއް ނާޒުކު ހާލަތެއްގައި އޮތް ސިޓީން ކަށަވަރުކޮށްފި

މުހައްމަދު ޞާދިޤް - 30 ޖެނުއަރީ 2025 - 07:03
ނާޒުކު ޙާލަތެއްގައި އޮތް މެންޗެސްޓަރ ސިޓީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ރޭގެ މެޗަށް ނިކުތް އިރު ލީގު ތާވަލްގެ 25ވަނައިގައި އޮތް މެންޗެސްޓަރ ސިޓީން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރު ކުރީ ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ވާދަކޮށް 3-1 އިން މެޗް ކާމިޔާބުކޮށްގެންނެވެ. ސިޓީން މެޗްކާމިޔާބުކުރީ ކްލަބް ބްރޫޖް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ތިންލަނޑު ޖަހައިގެންނެވެ. މެޗްގެ ފުރަތަމަ ހާފްގެ 45ވަނަ މިނިޓްގައި އެޓީމަށް ލީޑް ނަގައިދިނީ ރަފޭލް އޮންޔެދިކާއެވެ. ދެވަނަ ހާފް މެންޗެސްޓަރ ސިޓީ ފެށްޓީ ވަރުގަދަކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފް ފަށްޓަައިގެން އަށްވަނަ މިނިޓްގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަޓެއޯ ކޮވަޗިޗްއެވެ. ސިޓީއަށް މެޗްގެ ލީޑް ފުރަތަމަ ފަހަރަށް ލިބުނީ ކްލަބް ބްރޫޖްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑަކާއެކުއެވެ. މިލަނޑުވަނީ އެޓީމްގެ ޖޯޖް އޮރޑޯނޭޒް ފައިގައި ޖެހިފައެވެ. ސިޓީގެ ތިންވަނަ ލަނޑު ގޯލް މެވްގެ 77ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރ ބްރެޒިލްގެ ސަވީނިއޯއެވެ.
މިނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ޖާގަ ހޯދީ ލީގު ތާވަލްގެ 22 ވަނައަށް ޖެހިލައިގެންނެވެ. ޗެމްޕިއަންސް ލީގު ޕްލޭ އޮފްގައި މެންޗެސްޓަރ ސިޓީ ވާދަކުރަން ޖެހޭނީ ބަޔާން މިޔުނިކް ނުވަތަ ރެއާލް މެޑްރިޑާއެވެ.
ގުޅުން ހުރި ޙަބަރުތައް

އާސެނަލް އާއި ބަޔާން މިޔުނިކް ހަމަބިމަށް ތިރިކޮށްފި
11 ދުވަސް ކުރިން

ލިވަޕޫލްގެ ދަނޑުގައި ޕީއެސްވީ އިން އެޓީމު ލަދުގަންނަވާލައިފި
11 ދުވަސް ކުރިން

އެމްބާޕޭގެ ހަތަރު ލަނޑާއެކު، އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
11 ދުވަސް ކުރިން

ޗެމްޕިއަންސް ލީގު - މެންޗެސްޓަރ ސިޓީ ނާޒުކު ފައްތަރެއްގައި
10 މަސް ކުރިން


