logo

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިސްރާ ދެމެދު އެއްބަސްވުމެއް

profile

ޝަހްޒާ މުޙައްމަދު - 18 އޮކްޓޯބަރު 2025 - 15:23

ރާއްޖެއާއި މިސްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީވެގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ދެޤައުމު ގުޅިގެން ތަރައްގީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅެގޮތުން ރާއްޖެއާއި މިސްރާއި ދެމެދު ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތައް ބާއްވާފައިވާ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ހަލީލު މިހާރު މިސްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު މިސްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ މިސްރުގެ ހާރިޖީ ވަޒީރު ޑރ. ބަދްރު އަބްދެލަތީއާއި ބައްދަލުކުރައްވާފައެވެ. ވަޒީރުންގެ މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް ދެޤައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި ސިޔާސީގޮތުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ.ޢަބްދުﷲ ހަލީލްއެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު ޢަބްދެލަތީއެވެ

https://wamco.com.mv/
https://www.aslu.com.mv