logo

ހިންނާ ފޮޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފި

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 16:00

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ކުރީގެ ޕީއެސް ހިންނާ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ކުރީގެ ޕީއެސް ހިންނާ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކެޓްރީއަކަށް ހުންނެވި ހިންނާ ހާލިދު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.

އަސްލު ޓީވީއަށް އެނގިފައިވާގޮތުގައި ހިންނާ ފޮރިން މިނިސްޓްރީއަށް ނުކުންނަވަން ފެށްޓެވީ އިއްޔެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކެޓްރީއަކަށް ހުންނެވި ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

ހިންނާ ހާލިދު ވަނީ މީގެކުރިން ވަނީ، ހޯމް މިނިސްޓްރީގެ ތަރުޖަމާނުކަމާއި، ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް ފުރުއްވާފައެވެ.

tel:+9607331319