logo

ސިއްހީ ބައެއް މުވައްޒަފުންގެ މަސައްކަތު ގަޑި ތަފާތުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

profile

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 14:22

ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކުރާ ކަމަށް ބުނެ، ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާ (އެމްއެޗްޕީޔޫ)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

https://wamco.com.mv/

ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.

އެމްއެޗްޕީޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ނޮވެންބަރު މަހު ދައުލަތުގެ ވަޒީފާގެ އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ކަނޑައަޅަނީ "ނޭޝަނަލް ޕޭ ސްޓެންޑާޑްސް"ގެ ދަށުން ކަމަށެވެ

އަދި އެ އުސޫލުގެ ދަށުން މަދަނީ ހުރިހާ މުވައްޒަފުންނަށް އެއް މިންގަނޑަކުން ޝަރުތުތަކާއި އުސޫލުތައް ކަނޑައަޅާފައި ވަނިކޮށް، މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

2022ވަނަ އަހަރުގެ މޭ މަހު އަމަލުކުރަން ފެށި ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުން، މަދަނީ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައި ވަނީ ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއެއްގައި ހަ ދުވަހުގެ މަސައްކަތު ގަޑިއަށެވެ. ނަމަވެސް ސަރުކާރުން ދީފައިވާ ލުއިތަކާއެކު ބައެއް މުވައްޒަފުން ދުވާލަކު ހަ ގަޑިއިރު އަދި ހަފުތާއަކު ފަސް ދުވަހު މަސައްކަތްކުރަމުން އައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއަކު ހަ ދުވަހު މަސައްކަތްކުރަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި މިއީ އެއް ހަމައަކުން މުސާރައާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk