logo

މާމެންދޫ ކޯޓުން ކޮށްފައިވާ ޝަރުތުތަކާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 02 ޖޫން 2026 - 05:53

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި ހުރި މީހަކު، ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ނޫރީފެހި، އުމުރުން 25 އަހަރުގެ މުޙައްމަދު ޝާވިން ޝިހާމްއެވެ. މިދިޔަ މެއި 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މެއި 18 ވަނަ ދުވަހުއެވެ.

ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން މެއި މަހުގެ 22 ވަނަ ދުވަހު އަލުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރުގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk