logo

ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅަނީ

profile

ރިޟްވާން މޫސާ - 18 ޖުލައި 2026 - 07:24

ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކަނދުފަތީގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރީ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯއާއި ގުޅިގެންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުން ދަނީ މީގެ 40 ވަރަކަށް އަހަރުގެ ކުރީގެ ޑިޒައިން ކަނދުފަތި ތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މި ޑިޒައިނާއި ޓެކްނޮލޮޖީ މިވަގުތު ބަދަލުކުރަންޖެހޭ ކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރާއިރު މީގެ ގިނަ މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހުގެ ތެރޭގައި އަޅާނެކަމަށެވެ.

ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރު ބަދަލުވެ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމެވެ. ކަނދުފަތިތައް ކަނޑައިގެން ދިއުމަށް ހައްލެއް ގެނައުމަށް އެންމެ މުހިންމު ކަމަކީ ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުންކަމަށް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި 44 ކަނދުފަތި އަޅާފައިވާއިރު މިސަރުކާރުން ވަނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި، ވަދު މަސްވެރިކަމަށް 99 ކަނދުފަތި އެކި ސަރަހައްދުގައި ގާއިމުކޮށްދެއްވާފަ އެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ޖުމްލަގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން މި ސަރުކާރުން ވަނީ މިހާތަނަށް 42 ކަނދުފައްޗެއް ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން ވަދު މަސްވެރިކަމާއި، ލައްޓި ރާނގޮޑި ފަދަ މަސް ބޭނުމާއި، އެސަރަހައްދު ފާހަގަކުރުމަށް ގާއިމުކުރާ ވަދު ކަނދުފަތީގެ ޖުމްލަ 48 ވަދު ކަނދުފައްޗެއް ވަނީ މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ގާއިމުކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk