logo

މިއަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް 144،931 ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 04 ޖޫން 2026 - 10:40

މިއަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް 144،931 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

ޗައިނާއަށް ފަހު ރަޝިޔާއިން ރާއްޖެއަށް 126,712 ފަތުރުވެރިން އައިސްފައިވާއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 80,580 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އިޓަލީ އިން ރާއްޖެއަށް މިހާތަނަށް 69,723 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ޖަރުމަނުވިލާތުން 62,060 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާ އިން 52,903 ފަތުރުވެރިން މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފްރާންސް އިން 28,655 ފަތުރުވެރިން އެމެރިކާއިން 23,613 ފަތުރުވެރިން ސްވިޒަރލޭންޑް އިން 20,607 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވެއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ އިން ރާއްޖެއަށް މިހާތަނަށް 20,473 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5,879 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލަކީ ރާއްޖޭގެ ރިސޯޓްތަކެވެ.

ރިސޯޓްތަކުގައި މިހާތަނަށް 928,346 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ވިޔަފާރި ދަތުރުތަކުގައި 8,029 ފަތުރުވެރިން އަދި ކުރޫޒްލައިނަރ ތަކަށް 14,847 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އެތެރެވި ފަތުރުވެރިންގެ ތެރެއިން ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.

ވީއައިއޭ މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް 924,645 ފަތުރުވެރިން އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

ހަނިމާދޫ އެއަރޕޯޓުން 2,147 ފަތުރުވެރިން އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް 3,785 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 115 ގެސްޓް ހައުސް އާއި 9 ސިޓީ ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk