
މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް މަޝްވަރާކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 20 މޭ 2025 - 13:20
މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ މޭޔަރ އާދަމް ޢާޒިމް އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްއެވެ. އަދި މިނިސްޓްރީގެ އިސް ވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭގެ މަގުތަކުގައި ދިމާވަމުންދާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މިނިސްޓްރީން ކުރިއަށްގެންދާ ދިރާސާއާ ގުޅޭގޮތުންނެވެ.
މި ދިރާސާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ވެރިރަށް މާލޭގެ މަގުތަކުގައި ޓްރެފިކް ޖެހުމުގެ އަސްލު ސަބަބުތައް ދެނެގަތުމާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަކަމާއި ރައްކާތެރިކަން ލިބިދިނުމާއި، އަދި ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލުތަކެއް ހޯދުން ހިމެނެއެވެ.
"މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް، އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލޭގެ ޓްރެފިކް މެނޭޖްމަންޓް ހަރުދަނާކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނަން" ޑެޕިއުޓީ މިނިސްޓާރ އަލީ ނިޝާން ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ވިދާޅުވީ މި ދިރާސާގެ ނަތީޖާ ލިބުމުން، އެ ނަތީޖާއަށް ބިނާކޮށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި މި މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި އެހެނިހެން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ތަޣައްޔަރުވުމާއި ގުޅިގެން ސަމާލުވާން އިލްތިމާސްކޮށްފި
4 ގަޑިއިރު ކުރިން

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އުނގޫފާރުގައި ބޮޑު ހަރަކާތެއް!
4 ގަޑިއިރު ކުރިން

ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި
4 ގަޑިއިރު ކުރިން

ޔަހޫދީންނަށް ރަސްމާލެ ދިނުމާ މެދު ކަންބޮޑުވާ ޢިލްމުވެރިންގެ ޢަދަދު 90 އަށް ވުރެ މައްޗަށް އަރައިފި
5 ގަޑިއިރު ކުރިން


