
މާޒިޔާ އާއި އަލް އަރަބީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް
މަޒިޔާ ކަޓުވާފުމަށްފަހު އަލް އަރަބީ އޭއެފްސީ ޗެލެންޖް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 12 އޯގަސްޓު 2025 - 15:17
އޭއެފްސީ ޗެލެންޖް ލީގު ކޮލިފައިންގައި މިއަދު ހަވީރު، އަމިއްލަ ދަނޑުގައި ކުވެއިތުގެ އަލް އަރަބީ އަތުން 4-0 ގެ ނަތިޖާއަކުން ބަލިވެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ މާޒިޔާއަށް ފުރުސަތު ގެއްލިއްޖެ އެވެ.
މިއީ، އޭއެފްސީގެ މުބާރާތެއްގެ ކޮލިފައިން ބުރުން މާޒިޔާ ކެޓި ފުރަތަަމަ ފަހަރެެވެ. މީގެ މާޒިޔާ އިން ވަނީ، އޭއެފްސީ މުބާރާތްތަކުގެ ކޮލިފައިންގައި އެޓީމުން ވާދަކުރި ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ.
އެގޮތުން، 2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންްގައި، ފިލިޕީންސްގެ ޝެރެސް އަތުން މޮޅުވިއިރު، 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރުގެ ފަހަތައް ޖައްސާލުމަށްފަހު އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފަ އެެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު މެންދުރުފަހު ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އަލް އަރަބީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައެވެ. މިލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ނައިޖީރިއާ ފޯވާޑް އަނަޔޯ އިވުއާލާ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ފޮންޓެއިން އެންގޯއި އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި މާޒިޔާގެ އަހުމަދު އައިހަމް އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް އަރަބީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް އަރަބީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި 53 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނައިޖީރިއާ ފޯވާޑް ކްރިސްޓޮފާ ޕޮވޭއި އެވެ.
އަލް އަރަބީގެ ހަތަރުވަނަ ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުގެ މިޑްފީލްޑަރު ހުސެއިން އަލް މޮހްސިން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އަލް އަރަބީ ކުރީގައި އޮވެގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
4 މަސް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
4 މަސް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
4 މަސް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
3 މަސް ކުރިން