logo

ވައިގެ މަގުން އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

profile

ޝުރުފާ މުހަންމަދު - 27 އޯގަސްޓު 2024 - 22:12

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި--- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި--- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންނެވެ.

ކަސްޓަމްސް އިން ކުރި ޓުވީޓުގައި ވަނީ ތިން ބާވަތެއްގެ މަސްތުވާތަކެތި އަތުލައިގެންކަން ހާމަކޮށްފަ އެވެ. އެއީ:

  • ހެރޮއިން - 740 ގްރާމް
  • ކެނެބިސް - 10.20 ކިލޯ
  • ކެތިނޯން - 680 ގްރާމް

އެ މަސްތުވާތަކެތީގައި ޖުމްލަ 11.62 ކިލޯ ހުއްޓެވެ. އެ ތަކެތީގެ މަގުމަތީ އަގު 9.86 މިލިއަނަށް އަރަ އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަތީ މިމަހުގެ 14 ވަނަ ދުވަހު ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި މިމަހުގެ 19 ވަނަ ދުވަހު ވައިގެ މަގުން ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން ކަމަށެވެ. މީގެ ތެރެއިން ގިނަ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކޮރިއާއިން ގެނައި ޕާރުސަލަކުން ކަމަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.


tel:+9607331319