logo

ސަރުކާރު ބަންދުނަމަވެސް މިއަދު ހިދުމަތް ލިބޭނެ: ކަސްޓަމްސް

profile

އާމިނަތު ޝަފާ - 05 ސެޕްޓެމްބަރު 2024 - 11:15

ކަސްޓަމްސް ހިންގާ އިމާރާތް

ކަސްޓަމްސް ހިންގާ އިމާރާތް

ސަރުކާރު ބަންދުނަމަވެސް މިއަދު ހިދުމަތް ލިބޭނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް މާލޭ ސަރަހައްދުގައި ގާއިންކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކުން ހިދުމަތް ލިބޭނެކަމަށެވެ.

މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުން ކުރިއަށް ދާނެކަމަށާއި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ހިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާނެކަމަށް ކަށްޓަމްސްއިން މައުލޫމާތުދެއެވެ.

ކޮންމެ ދުވަހަކު ކަސްޓަމްސްއިން ހިދުމަތް ހޯދާ މީހުން ތިބޭއިރު ދިވެހިރާއްޖެއަށް ވަދެ ނިކުމެވާ ދޮރޯށިތައް ބެލެހެއްޓުމާއި، ބައިނަލްއަޤުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް އެންމެ ފަހި ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ކަސްޓަމްސްގެ ތަސައްވުރެެވެ.


tel:+9607331319