logo

ބިދޭސީއެއްގެ ލަގެޖުން 6 ކިލޯގެ ޑްރަގު އަތުލައިގަނެފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 އޯގަސްޓު 2024 - 00:35

ރާއްޖެއަށް އެތެރެކުރަން އުޅުނު ކެތިނޯން

ރާއްޖެއަށް އެތެރެކުރަން އުޅުނު ކެތިނޯން

ރާއްޖެއައި ބިދޭސީއެއްގެ ލަގެޖުން 6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، ނެދަލޭންސްގެ ރައްޔިތެއްގެ ލަގެޖުން އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 11 ގައި ކަމަށެވެ. އޭނާގެ ލަގެޖު ބަލާ ފާސްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

އެ އިދާރާއިން ބުނީ އޭނާގެ ލަގެޖުން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯން ކަމަށެވެ. މިއީ ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތެއް ނޫނެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް ޑްރަގުގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި މީގެކުރިން ވެސް މީހުން އެއާޕޯޓުން ހައްުޔަރުކޮށްފައިވެ އެވެ.

tel:+9607331319