
އެސްޓީއޯއިން ފިޔާ މިހާރުވެސް ހުރި އަގުގައި ލިބޭނެ

އާމިނަތު ޝަޒްލާ - 02 ޖޫން 2026 - 04:19
އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެކަމަށާއި، ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލު އައިނަމަވެސް އެކުންފުނިން އަގަށްވެސް ބަދަލު ނުގެންނާނެކަމަށް ބުނެފިއެވެ.
އެސްޓީއޯއިން މިހެން ބުނީ ބާޒާރުގައި ފިޔާ ވިއްކާ އަގު އުފެލެމުންދާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯއިން މީސްމީޑިއާއަށް މައުލޫމާތުދެމުން އެސްޓީއޯއިން ބުނީ އެކުން ފުނީގެ ފިހާރަތަކުން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށްވެސް ލިބެންހުރިކަމަށެވެ. އަދި އަގަށްވެސް ބަދަލު ނުގެންނާނެކަމަށެވެ. ފިޔާގެ ސްޓޮޮކްވެސް އެބަހުރިކަމަށާއި އިތުރަށް ބޭނުންވާނަމަ، މިފަދަ ހާލަތްތަކުގައި ކުރިވެސް އެފަދަ ތަކެތި އެތެރެކުރާ އުސޫލުން ފިޔާވެސް ގެނެވޭނެކަމަށެވެ. އަދި ފިޔާ ލިބުމުގައި ދަތިކަމެއް ނެތްކަން އެކުންފުނިން ފާހަގަކުރައްވައެވެ.
ބާޒާރުގެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 25 ރުފިޔާއިން މަތީގައި އުޅުނު ނަމަވެސް އެސްޓީއޯއިން މިވަގުތުވެސް ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
12 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
13 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)