logo

ފުނަގަސް ހުރި ސަރަހައްދުގެ ބަދަލުގައި އެހެން ސަރަހައްދެއްގައި ވިލިމާލޭގައި ހައުސިންގ ޔުނިޓް އަޅަނީ

profile

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 16:09

ވިލިމާލޭގައި ތަރައްޤީ ކުރުމަށް ރާވާފައިވާ ހައުސިން ޔުނިޓް މަޝްރޫޢުގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭ ކަމަށާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަންޖެހޭ ކަމަށް ވާތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ތެރެއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ޖުމްލަ 300 ފްލެޓް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. ވިލިމާލޭގައި ގިނަ ޢަދަދެއްގެ ދުވަސްވީ ފުނަ ގަސްތައް ހުންނައިރު، ހައުސިން ޔުނިޓްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ވެސް ގަސްގަހާ ގެހި ގިނަ ސަރަހައްދެކެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫޢު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ހައުސިން މިނިސްޓަރު ސޯޝަލް މީޑިއާ ޕްލެޓްފޯމއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި ކުރިއަށް ގެންދާ 300 ފްލެޓްގެ މަޝްރޫޢު ތަންފީޒު ކުރުމުގައި ސަރުކާރުން ސަމާލުކަން ދީފައި ވަނީ ބޮޑެތި ފުނަ ގަސްތައް ނުކަނޑައި، ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ނަމަވެސް، ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭ ކަމަށާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަންޖެހޭ ކަމަށް ވާތީ، އެ ޓަވަރު ވިލިމާލޭގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ނިންމިފައިވާ ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތެވެ. ހަމައެއާ އެކު، އެތައް ހާސް ޢާއިލާއެއް ދިރިއުޅެމުން ދަނީ އިންސާނީ ދިރިއުޅުމަށް ފެންވަރު ހިފެހެއްޓޭ ވަރަށް ވުރެ ދަތި، ތަނަވަސްކަން ކުޑަ ތަންތަނުގައި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk