
އެމް.އޭސީ.އެލް އަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް: މިނިސްޓަރު މޫސާ ޒަމީރު

އައިޝަތު އިނާޝާ - 06 ޖެނުއަރީ 2026 - 14:28
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭސީ.އެލް) އަކީ ބިން ހިއްކުންފަދަ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ހޯމަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވީ، ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރަން އެމް.އޭސީއެލް އަކީ ޤާބިލް ކުންފުންޏެއް ކަމަށާއި، އޭގެ މުހިންމު ސަބަބަކީ އެ ކުންފުންޏަކީ، ހޮސްޕިޓަލިޓީ ދާއިރާއިގައި މިހާރުވެސް ވަރަށް ކާމިޔާބު ކުންފުންޏަކަށްވުން ކަމަށެވެ.
އަދި މަޝްރޫއުތަކާއި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ޤާބިލްކަންވެސް އެ ކުންފުނީގައި އެބަހުރިކަމަށެވެ.
"އެމް.އޭ.ސީ.އެލް އަށް ދެން މި ލިބުނު ޗެލެންޖަކީ ރާއްޖެތެރޭގަ މިހިރަ އެއަރޕޯޓްތައް ފީޒިބަލް ތަންތަނުގެ ގޮތުގަ ހިންގުން. އެ ޕްލޭން މިހާރު އެމް.އޭ.ސީ.އެލް ގެ ބޯޑާއި އެމް.އޭ.ސީ.އެލް ގެ ޗެއަރޕާސަން އާ އަދި އެމްޑީ މަސައްކަތްކުރައްވައިގެން އެބަ ހައްދަވާ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ކުރިން ވޭތުވެދިއަތަނުގަ ކަމެއް ގޯސްކޮށްވެފަ އޮތޭކިޔާފަ ދެން އަންނަ މިސާލަކަށް ރައީސް މުއިއްޒު މި ކުރައްވާ ކަންތައްތަކަކީ އެމަގުންދާނެ ކަންކަމުގެ ގޮތުގަ ބައްލަވައިގެން ނުވާނޭ." : މިނިސްޓަރު
ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލް އިއްޔެ ވަނީ ފަށާފައެވެ.
އެ ކުންފުނިން ބުނީ، އެ މަސައްކަތް ފެށީ ދުނިޔޭގައި މިވަގުތު އޮތް އެންމެބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސްގެން ކަމަށެވެ.
މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު އަދި ދިއްދޫގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.
ގުޅުން ހުރި ޙަބަރުތައް

ނޭޝަނަލް ފާރިޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައި ކުއްޖަކު އުފަންވެއްޖެ
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
6 ގަޑިއިރު ކުރިން

މިހާތަނަށް ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި: ޓޫރިޒަމް މިނިސްޓްރީ
8 ގަޑިއިރު ކުރިން

ވައި ނުސާފުވާތީ ސަމާލުވާން އަންގައިފި
10 ގަޑިއިރު ކުރިން


