logo

ނޭޝަނަލް ފާރިޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައި ކުއްޖަކު އުފަންވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 07 ޖެނުއަރީ 2026 - 21:01

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެއެވެ.

https://wamco.com.mv/

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވެފައިވަނީ މިއަދު ކަމަށެވެ.

ހޮސްޕިޓަލުން ބުނީ ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.

ނެޝަނަލް ފާރޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ގާއިމްކުރެވުނު ތަނެކެވެ.

މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ނޮވެމްބަރު 2025 ގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay