logo

މިހާތަނަށް ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި: ޓޫރިޒަމް މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 07 ޖެނުއަރީ 2026 - 15:29

މިއަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް ޖުމްލަ 35،732 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ ތެރެއިން 98 ޕަސެންޓް ފަތުރުވެރިން ރާއްޖެ އަށް އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަފްތާގެ ހަވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގައުމުން ރާއްޖެއަށް 9،137 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

7,047 ފަތުރުވެރިންނާއެކު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީ އިންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް ވޭތުވެދިޔަ 6 ދުވަހު 2،859 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އިނގިރޭސިވިލާތަށް ފަހު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. ޖަރުމަނުން މިއަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި 2،411 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އެމެރިކާއިން 1480 ފަތުރުވެރިން މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ޗައިނާއިން މިއަހަރުގެ ފުރަތަމަ ފަސްދުވަހު ޒިޔާރަތްކޮށްފައިވަނީ 1,242 ފަތުރުވެރިންނެވެ.

މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 7،247 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާތަނަށް އެއްދުވަހާ އެންމެ ގިނަ މީހުން އައީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 8،082 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay