logo

މޯލްޑިވިއަންގެ އޭޓީއާރުގެ 2 ބޯޓު މާދަމާ ރާއްޖެއަށް!

profile

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 08:02

އޭޓީއާރު މަރުކާގެ ބޯޓެއް

އޭޓީއާރު މަރުކާގެ ބޯޓެއް

މޯލްޑިވިއަންއިން އަލަށް ގެންނަ އޭޓީއާރުގެ 2 ބޯޓު މާދަމާ ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް މަތިންދާ ބޯޓު މަރާމާތު ކުރަން ގްރައުންޑުކޮށްފައި އޮތުމުގެ ސަބަބުން އެ ކުންފުނީގެ ފަސިންޖަރުންނަށް ހިދުމަތް ދޭން މަންޓާ އެއާ އާއި ފްލައި މީގެ ބޯޓުތައް ޗާޓާ ކުރަން ވަނީ ފަށައިފައެވެ. މޯލްޑިވިއަނުން މަންޓާ އެއާ އައި ފްލައި މީގެ ބޯޓުތައް މިގޮތަށް ޗާޓާ ކުރާތާ ދުވަސްތަކެއް ވެެއްޖެއެވެ.

މޯލްޑިވިއަންގެ ބޯޓުތައް މާދަމާ ގެންނާތީ އެއަރޕޯޓުގައި ހާއްސަ ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. #itscominghome#maldivian pic.twitter.com/nCAh2aCI5m

މި 2 ބޯޓު މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެކަމަށެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިދިޔަ އަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.

އޭވިއޭޝަންއާ ގުޅޭ ހަބަރުތައް ގެނެސްދޭ އޭވިއޭޝަން މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި މީގެ ކުރިން ބުނެފައި ވަނީ މޯލްޑިވިއަނުން ގެންނަން ނިންމާފައި ވަނީ އޭޓީއާރު މަރުކާގެ 600-72 ގެ ދެ ބޯޓު ކަމަށެވެ. އޭގައިވާ ގޮތުން ބޯޓުތައް ގެންނަނީ ލީޒް ކޮށްގެން ކްރޫންގެ ޓީމަކާ ވެސް އެކުގައެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay