logo

އާ "މޯލްޑިވްސް ސައިނޭޖް" ދައްކާލައިފި

profile

މަރްޔަމް ލީމް އަބޫބަކުރު - 27 ނޮވެމްބަރު 2024 - 19:08

ޝ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމާ ގުޅިގެން ހަނދާނީ ނިޝާން އިފްތިތާހްކުރުން

ޝ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމާ ގުޅިގެން ހަނދާނީ ނިޝާން އިފްތިތާހްކުރުން

ރާއްޖޭގެ ގްލޯބަލް ބްރޭންޑް ވިޒިބިލިޓީ އިތުރަށް ކުރިއަރުވައ،ި ރާއްޖޭގެ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އާ "މޯލްޑިވްސް ސައިނޭޖް"އެއް ހަދައި އެ ސައިނޭޖް ދައްކާލައިފިއެވެ.

މި ހަރަކާތް އޮތީ ވޯލްޑް ޓްރެވެލް އެވޯޑްސް 2024 ގައި ރާއްޖެއަށް ލިބުނު ރިކޯޑު ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ބޭއްވި ޚާއްސަ ހަރަކާތުގައެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ( އެމްއެމްޕީއާރްސީ) އާއި،ވިޒިޓް މޯލްޑިވްސް އާއި، ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި މި ހަރަކާތް އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ "ވޯޓަރފްރަންޓް" ގައެވެ.

ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ލިބުމާ ގުޅިގެން އެކަން ފާހަގަކުރުމަށް މި އަދު ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ އަމާޒަކީ ދުނިޔޭގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އޮތް މަގާމު ވަރުގަދަ ކުރުން ކަމަށާއި، މި ކާމިޔާބީތަކަކީ ޝައްކެއްވެސް ނެތްގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމާއި ކާމިޔާބީ ދެމިއޮތުމަށް އެހީތެރިވެދޭނެ ކަންތައް ކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، މިއީ މި ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ ހިތްވަރާއި ބުރަ މަސައްކަތްކަން ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޝަރަފުވެރި އެވޯޑްތައް ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މިއީ ދަތުރުފަތުރުގެ ޚާއްޞަ ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރާ ވަޢުދު ދައްކުވައިދޭ ކަމެއް ކަމަށެވެ.

"މި އެވޯޑަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަތިކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ހެކިތަކެއް.“ ޝިއުރީ ވިދާޅުވިއެވެ.

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި" ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރ 2024 " އެވޯޑް ޓްރާންސް މޯލްޑިވިއަން އަށް ލިބިފައިވާއިރު، މޯލްޑިވްސް އެޗްއައިއެޗް އަށް " ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2024 " އަދި ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ އަށް " ވޯލްޑްސް ލީޑިން ބުޓިކް " އެވޯޑް ވަނީ ލިބިފައެވެ. އަދި " ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2024 " ގެ އެވޯޑް ވައްކަރު މޯލްޑިވްސް ހޯދާފައިވާއިރު " ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2024 " ގެ އެވޯޑް ސެއިންޓް ރެޖިސް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


https://int.etukuri.mv/
tel:+9607331319