
ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

އާމިނަތު ޝަޒްލާ - 24 ޖުލައި 2026 - 14:10
ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން، ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް މުހައްމަދު ޝަހާބުއްދީން، އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ގައުމުގެ ސިޔާސީ މަޝްރަހަށް އެނބުރި ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް ސަރުކާރުގެ ތެރޭގައި ހުންނެވި އެންމެ ބޮޑު މަދަދުގާރު މިވަނީ ގެއްލިއްފައެވެ.
އުމުރުން 76 އަހަރުގެ ޝަހާބުއްދީން އިސްތިއުފާ ދެއްވިކަން އޭނާގެ އޮފީހުން އިއުލާނުކުރީ ދާދި ފަހުން ހެއްދެވި މެޑިކަލް ޓެސްޓްތަކުން ނާރުގެ ބައްޔެއް ކަމަށްވާ "އޮޓޯނޮމިކް ނިއުރޯޕެތީ" ޖެހިވަޑައިގެންފައިވާކަން އެނގުމުންނެވެ.
އެ ބަލީގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތެރި ހާލަތްތައް މެދުވެރިވެ، ކުއްލިއަކަށް ހޭނެތޭ ގޮތް ވަނީ ވެފައެވެ.
އޭޕްރިލް 2023 ގައި ރައީސްކަމާ ހަވާލުވެވަޑައިގަތް ޝަހާބުއްދީން މަގާމުގައި ދެމިހުންނެވީ، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ހިންގި ވަރުގަދަ އިހުތިޖާޖުތަކާއެކު ހަސީނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަންނަވަން ޖެހުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވަން ޑރ. މަންޞޫރު ބިން މުތްޢިބު ރާއްޖެއަށް!
18 މިނިޓު ކުރިން

އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުމާއި ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައްވައިފި!
4 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ އަސްލު ރަހަތައް ބެންކޮކަށް ގެނެސްދޭ "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" ބެންކޮކްގައި ހުޅުވައިފި
6 ގަޑިއިރު ކުރިން

އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޢަދުލުއިންޞާފަށް: ޚުޠުބާ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)