logo

ދިވެހިރާއްޖޭގެ އަސްލު ރަހަތައް ބެންކޮކަށް ގެނެސްދޭ "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" ބެންކޮކްގައި ހުޅުވައިފި

profile

ރިޟްވާން މޫސާ - 24 ޖުލައި 2026 - 14:05

ތައިލެންޑުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ރާއްޖޭގެ އަސްލު ރަހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ބެންކޮކްގެ ޕަތޫނާމް ސަރަހައްދުގައި ދިވެހި އަސްލު ކެއުންތަކަށް ހާއްސަ އާ ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.

https://wamco.com.mv/

13 ޖުލައި 2026 ގައި ރަސްމީކޮށް ހުޅުވި "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" އަކީ ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ސަރަހައްދު ކަމަށްވާ ޕްރާތުނާމްގައި، ވަރަށް ފަސޭހައިން ދެވޭނެ ތަނެއްގައި ގާއިމުކޮށްފައިވާ ތަނެކެވެ.

undefined

މި ރެސްޓޯރަންޓަކީ މައިގަނޑު ގޮތެއްގައި ވިޔަފާރި ދަތުރުތަކުގައި މުދާ ގަންނަންދާ ދިވެހިންނަށާއި، ޗުއްޓީއަށާއި ބޭސްފަރުވާއަށް ތައިލެންޑަށްދާ އާއިލާތަކުގެ އިތުރުން ތައިލެންޑުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް އަމާޒުކޮށްގެން ހުޅުވި ތަނެކެވެ.

މި ތަން ހުޅުވުމުގެ ގޮތުން 13 ޖުލައިގެ ހެނދުނު ވަނީ ކުޑަ އިފްތިތާހީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތަށް ދައުވަތު ދެވުނު މެހެމާނުން ވަނީ ބައިވެރިވެ، މިއުފާވެރި މުނާސަބާ ފާހަގަކޮށް، ރެސްޓޯރަންޓުގެ އެންމެ މަގުބޫލު ކާނާގެ ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުސަތު ދީފަ އެވެ.

undefined

ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް ހުޅުވާފައި ހުންނަ "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" އިން ރާއްޖޭގެ އެންމެ މަގުބޫލު ކެއުންތައް އެކުލެވޭ ތަނަވަސް މެނޫއެއް ލިބެން ހުންނާނެއެވެ. އެގޮތުން މަސްހުނި، ބަރަބޯ މަސްހުނި، ކުޅިމަސް، ކުޅި ރީހާކުރު، ރޮށި، ހުނިރޮށި (ޑިސްކު)، މަސްރިހަ، ވަޅޯމަސް ރިހަ، ގަރުދިޔަ، ކުކުޅު ރިހަ، އަދި ކުކުޅު ކުރަނޑި ރިހަ ފަދަ ގޭގައި ތައްޔާރުކުރާ ފަދަ މީރު ކެއުންތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެވަގުތަކު އޯޑަރ ކޮށްގެން ތައްޔާރުކުރާ އެހެނިހެން ކާތަކެތިވެސް ލިބެން ހުރެ އެވެ. މީގެ ތެރޭގައި ވަޅޯމަސް ބަތް، ވަޅޯމަސް ނޫޑްލްސް، ކަނޑުމަސް ބަތް، ކަނޑުމަސް ނޫޑްލްސް، ކުކުޅު ބަތް އަދި ކުކުޅު ނޫޑްލްސް ހިމެނެއެވެ.

undefined

މި ރެސްޓޯރަންޓުގެ އެންމެ ހާއްސަ އެއް ކަމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ "ހަވީރު ސައި" ގެ ހިދުމަތެވެ. ކޮންމެ ހަވީރަކުވެސް ކަސްޓަމަރުން އެއްވެ، އަލަށް ތައްޔާރުކުރެވޭ ތާޒާ ދިވެހި ހެދިކާގެ ބާވަތްތަކާއެކު، ރާއްޖޭގެ އާއިލީ އަދި އެކުވެރި މާހައުލުގެ އިހުސާސްކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ.
މީގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު "ލަވާޒާ" ކޮފީގެ ފުރިހަމަ ރޭންޖެއްގެ އިތުރުން، ދިވެހި ރަހަތަކަށް ތައްޔާރުކޮށްފައިވާ ތާޒާ ޖޫހާއި ތަފާތު ބުއިންތައްވެސް މި ކެފޭއިން ލިބެން ހުރެ އެވެ.

undefined

މި ރެސްޓޯރަންޓަކީ މައިގަނޑު ގޮތެއްގައި ދިވެހިންނަށް އަމާޒުކޮށްގެން ހުޅުވި ތަނެއް ކަމުގައިވީ ނަމަވެސް، ދިވެހި ކެއުންތަކުގެ ރަހަ ބަލާލަން ބޭނުންވާ ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ފަތުރުވެރިންގެ ސަމާލުކަންވެސް މިތަނަށް ވަނީ ލިބެންފަށާފަ އެވެ. ރެސްޓޯރަންޓުން މަޢުލޫމާތު ދޭގޮތުގައި، ގިނަ ބޭރު ކަސްޓަމަރުން ވަނީ ދިވެހި ކެއުންތަކުގެ ތަފާތު ރަހަތަކަށާއި ސުންނަތީ ރެސިޕީތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

undefined

ކެއުންތަކުގެ އަސްލު ރަހަ ހިފެހެއްޓުމުގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ކެއުންތައް ތައްޔާރުކުރުމުގެ ފުރިހަމަ ތަޖުރިބާއާއި މައުލޫމާތު ލިބިފައިވާ ދިވެހި ޝެފެކެވެ. އަދި ކާނާގެ އަސްލު ރަހަ އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ކެއްކުމަށް ބޭނުންވާ މުހިންމު ގިނަ ބާވަތްތައް އެތެރެކުރަނީ ސީދާ ދިވެހިރާއްޖެއިންނެވެ.
ރެސްޓޯރަންޓުގެ މެނޭޖްމަންޓުން ބުނާގޮތުގައި އެފަރާތުގެ މަގުސަދަކީ ދިވެހިން ދަންނަ އަދި ލޯބިކުރާ އަސްލު ރަހަތައް މެދުކެނޑުމެއްނެތި، މަތީ ފެންވަރުގެ ކާނާއާއި، މޮޅު ހިދުމަތާއެކު ދިވެހިވަންތަ މާހައުލެއްގައި ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk