
ބަންގާޅު ކަނޑާއި ޢަރަބި ކަނޑުގައި ތިން ކޮޅިގަނޑު، ސަމާލުވޭ!

ރިޟްވާން މޫސާ - 23 މޭ 2026 - 06:58
ބަންގާޅު ކަނޑާއި ޢަރަބި ކަނޑުގައި ޖުމުލަ ތިން ކޮޅިގަނޑު އުފެދިފައިވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ޓްރޮޕިކަލް ވެދާ އައުޓްލުކުގައި ބުނެފައިވާ ގޮތުގައި، ބަންގާޅު ކަނޑުގެ ދެކުނުއިރުމަތީގައި ކޮޅިގަނޑެއް އުފެދިފައިވެއެވެ.
ނަމަވެސް މި ތިން ކޮޅިގަނޑު ވެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުޞަތު ނެތް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ދެކުނުއިރުމަތީ ބަންގާޅު ކަނޑާއި އަންޑަމަން ކަނޑުގެ ސަރަޙައްދުގައި ބޯކޮށް ވިއްސާރަ ވިލާ ފެތުރިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެދުތެރޭ އަދި ދެކުނު ޢަރަބި ކަނޑުގައި ބޯ ވިއްސާރަ ވިލާ ފެތުރިފައިވާ އިރު، ލަކްޝަދީބާއި ރާއްޖެ އަދި ކޮމޮރިން ސަރަޙައްދުގައި ވެސް ވިއްސާރަ ވިލާ ހުރި ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މޫސުމާއިބެހޭ އިދާށާ އިން މިފަދަ ލަފާތަކެއް ކުރާނެ ކަމަށް ބުނެފައިވާއިރު އަރަބި ކަނޑުގައި އުފެދޭ މި ބާވަތުގެ ކޮޅިގަނޑުތަކުގެ އަސަރު މީގެ ކުރިން ވެސް ނުސީދާގޮތެއްގައި ރާއްޖެއަށް ކޮށްފައިވެ އެވެ.
އެހެންކަމުން މި ދުވަސްވަރުގައި ހާއްސަ ގޮތެއްގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ވީހާވެސް ބޮޑަކަށް ސަލާމަތީ ކަންކަމަށް ބަލައިގެން ދަތުރުކުރުމަކީ މުހިންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!
19 މިނިޓު ކުރިން
އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް
26 މިނިޓު ކުރިން

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް
3 ގަޑިއިރު ކުރިން

މިނިވަންކަންމަތީ އަބަދަށް، ހިނިތުންވެލީ 61 އަހަރު
3 ގަޑިއިރު ކުރިން


.gif&w=3840&q=75)