
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނެއްގެ ބަންދަށް އިތުރު 30 ދުވަސް!

އާމިނަތު ޝަޒްލާ - 28 މޭ 2026 - 14:20
ރާއްޖެއަށް ވައިގެ މަގުން 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މި މައްސަލައިގެ ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، އާބިޖިލީހިޔާ، އުމުރުން 29 އަހަރުގެ އާމިނަތު ރޫނާ އާއި ގ. މުތީގެއާގެ، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރުއެވެ.
މި ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާއިރު، މި ދެމީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތު ރޫނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައިވާ ކަމަށާއި، މީނާއަކީ މި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތަރިވި ފަރާތްކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. މީގެއިތުރުން މި މައްސަލައިގައި ހައްޔަރުކުރި އަލްޔާ ޝަރްސާ ނަސީރުގެ ބަންދު އަމުރުގައި ބުނެފައިވަނީ، މީނާ ރާއްޖެއަށް އައިއިރު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
12 މިނިޓު ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)