logo

ބ. އޭދަފުށީ ބަނދަރުގެ މަޝްރޫއުގެ 54 އިންސައްތަ ނިންމާލައިފި

profile

އާމިނަތު ޝަޒްލާ - 05 ޖުލައި 2026 - 07:08

ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އެމްޓީސީސީން ބުނެފިއެވެ.

https://wamco.com.mv/

އެ ކުންފުނިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކެޕިން ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތްތަކެވެ.

undefined

މި މަޝްރޫއުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތްތަކަކީ:

  1. 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފަޅު އަލުން ފުންކުރުން.
  2. 3,354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  3. 402 މީޓަރުގެ އެއްގަމުތޮށި ގާއިމުކުރުމާއި، 170 މީޓަރުގެ ބޭރުތޮށިލުން.
  4. 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  5. 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެއް ހެދުން.
  6. 1,814 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުން.

މިއީ ޖުމްލަ 64.67 މިލިއަން ރުފިޔާގެ ބަޖެޓަކުން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk