logo

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަޝްވަރާތަކެއް!

profile

އާމިނަތު ޝަޒްލާ - 05 ޖުލައި 2026 - 06:16


ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، ޖަޕާނުގެ ޓްރެވެލް އޭޖެންޓުންގެ އެސޯސިއޭޝަނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުން ކުރިއަށްދިޔައީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ އެކުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ.

undefined

މަޝްވަރާތަކުގެ ތަފްސީލު ހާމަކުރައްވަމުން ސަފީރު ވިދާޅުވީ، ޖަޕާނުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ފުޅާކުރުމަށާއި، ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ. މީގެ އިތުރުން، ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ސަފީރު މަޙްލޫފް ވަނީ މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޖަޕާނާއި ރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުޞަތުތަކެއް ހުޅުވި، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk