.png&w=3840&q=75)
އިންތިޚާބަށްފަހު މަޤާމުތަކަށް 2,500 އަށްވުރެއް ގިނަ މަންދޫބުން ހަރަކާތްތެރިވާނެ: ޕީއެންސީ

އާމިނަތު ޝަޒްލާ - 05 ޖުލައި 2026 - 07:03
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ދާއިރާތަކުގެ އިންތިޚާބަށްފަހު، އެ ޕާޓީގެ އިންތިޚާބީ އެކި މަޤާމުތަކުގައި 2،500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ދާއިރާގެ ރައީސް، ދާއިރާގެ ނައިބު ރައީސް، އަންހެނުންގެ ޙަރަކާތުގެ ރައީސް، ޒުވާނުންގެ ޙަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް ހިމެނެއެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 30 އަށް ހަމަވެފައިވާއިރު، ހުށަހެޅި ފޯމުތައް މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. ފިރުޒުލް ވިދާޅުވި ގޮތުގައި، މުޅި ރާއްޖޭގައި ކުރިއަށްދާ މި އިންތިޚާބީ އިޖުރާއަތްތައް ނިމުމުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ޕާޓީ ކުރިއެރުވުމަށް 2،500 އަށްވުރެ ގިނަ މެންބަރުން އިންތިޚާބީ މަޤާމުތަކުގައި ރުކުރުވާލެވުމަކީ ލިބޭ ބޮޑު ކާމިޔާބީއެކެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ ދާއިރާތަކުގައެވެ. އެގޮތުން ރާއްޖޭގެ 131 ރަށެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ވޯޓުލުމަށް ބޭނުންކުރާ ލިސްޓަކީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ ދަފުތަރެވެ. މި ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
ޕީއެންސީގެ ހިންގާ ޤަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، މި އިންތިޚާބުގައި ދާއިރާގެ ރައީސުން ހޮވާނީ ޕާޓީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ.
ޕާޓީގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަތީ މަޖިލީހުގެ ކުރިން، ދާއިރާތަކުގެ އިންތިޚާބުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ.
ގުޅުން ހުރި ޙަބަރުތައް

ބ. އޭދަފުށީ ބަނދަރުގެ މަޝްރޫއުގެ 54 އިންސައްތަ ނިންމާލައިފި
4 ގަޑިއިރު ކުރިން

ހިންނަވަރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް!
5 ގަޑިއިރު ކުރިން

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަޝްވަރާތަކެއް!
5 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެދަށުން ފިލި ޒުވާނަކު، ޝަރީއަތް ނިމެންދެން ބަންދަށް!
5 ގަޑިއިރު ކުރިން


.gif&w=3840&q=75)