logo

ވައިގަދަވެ މާފުށީގައި ޕެރެސެއިލިންގެ ވައިކުޑަ ފަޅައިގެންގޮސް މީހަކު މޫދަށް ވެއްޓިއްޖެ

profile

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 12:17

ކ. މާފުށީގައި ޕެރެސެއިލިން ކުރަން އުޅުނު މީހެއްގެ ވައިކުޑަ ފަޅައިގެންގޮސް، މޫދަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

https://wamco.com.mv/

މ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ކުއްލިއަކަށް އައި ވިލާގަނޑަކާ ގުޅިގެން މޫސުން ގޯސްވި ވަގުތެއްގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޕެރެސެއިލިންގައި ތިބި ދެ މީހުން ތިރިކުރަން މަސައްކަތް ކުރަމުން ދަނިކޮށް، ގަދަވަޔާއެކު ވައިކުޑަ ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. ވައިކުޑަ ފަޅައިގެން ދިއުމާއެކު އޭގައި ހުރި އެކަކު މޫދަށް ވެއްޓުނު އިރު، އަނެއް މީހާ ވައިކުޑައާއެކު މައްޗަށް އަރައިގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ފަޅައިގެންދިޔަ ވައިކުޑަ ވެއްޓިފައި ވަނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގެ މައްޗަށެވެ.

މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުގައި އެ ވަގުތު ޖެޓްސްކީ ދުއްވަން އުޅުނު ބަޔަކު ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގިއިރު ޕެރެސެއިލިންގައި ތިބި ދެ މީހުންވެސް ތިބީ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅައިގެންނެވެ. އެހެންކަމުން މޫދަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް އޭނާ ބުންނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، މޫދަށް އެރި އުޅުމުގައާއި ކަނޑު ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކުރާ ގޮތުގައި ބައެއް ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ. އެހެންކަމުން ކަނޑުމަތީގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމުގައި މޫސުމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk