logo

ކަންނެލި ގަންނަ އަގު ދަށްވެ މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ

profile

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 11:48

ރާއްޖޭގެ ބާޒާރުގައި ބޮޑު ކަންނެލި ގަންނަ އަގު އިންތިހާއަށް ދަށްވެ، މަސްވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

https://wamco.com.mv/

ބީކޭއެމްޔޫއިން ހާމަކޮށްފައިވާ ގޮތުގައި، މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކުރާ ބުރަ މަސައްކަތާ އެކަށޭނަ އާމްދަނީއެއް ނުލިބުމުގެ އިތުރުން، ބާނާ މަސްކޮޅު ކިރުވުމަށް ހުރި ގިނަގުނަ ހުރަސްތަކެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި މިހާރު ކަންނެލި ކިލޯއެއްގެ އެވްރެޖު އަގު ވަނީ 35 ރުފިޔާއަށް ވެއްޓިފައެވެ. މިއީ މަސްވެރިކަމަށް ކުރާ ބޮޑު ހޭދައާއި ތެލުގެ އަގަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް ކަމަށް މަސްވެރިން ބުނެއެވެ.

އަގުގެ އިތުރުން، މަސް ކިރުވުމަށްޓަކައި ބޯޓުފަހަރު ގިނަ ދުވަސްތަކެއް ވަންދެން ކިޔޫގައި ތިބެންޖެހުމަކީ މަސްވެރިންނަށް ކުރިމަތިވެފައިވާ އިތުރު ތަކުލީފެކެވެ. މިގޮތަށް ގިނަ ވަގުތު ކިޔޫގައި ހޭދަކުރަން ޖެހުމުގެ ސަބަބުން މަހުގެ ތާޒާކަން ގެއްލި، ކުންފުނިތަކުން މަސް ބަލައިނުގަނެ ރިޖެކްޓް ކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ބީކޭއެމްޔޫއިން މައުލޫމާތުދެއެވެ.

މަސްވެރިން ސިފަކުރާ ގޮތުގައި، މިހާރު ކަނޑުމަތީގައި މަސް ބޭނުމަށް ހޭދަކުރާ ވަގުތަށްވުރެ، ބާނާފައި ހުރި މަސްކޮޅު ކިރުވުމަށާއި އައިސް ހޯދުމަށް ފަޅުތެރޭގައި ތިބެންޖެހޭ ވަގުތު ވަނީ މާ އިތުރުވެފައެވެ. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެކެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަހަރުގެ ކުރީކޮޅުން ފެށިގެން ކަންނެލި ގަންނަން ފެށި ނަމަވެސް، އެ ކުންފުނިން ކަނޑައަޅާފައިވާ އަގުތަކާ މެދުވެސް މަސްވެރިން ތިބީ ހިތްހަމަނުޖެހިފައެވެ. މިފްކޯއިން މިހާރު ކުދި ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، ބޮޑެތި ކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ. މި އަގުތަކަކީ މަސްވެރިން އެދޭ ފަދަ އިންސާފުވެރި އަގުތަކެއް ނޫން ކަމަށް ބުނެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk