
ބާން ކޮންވެންޝަން އިން ދިވެހި މިއުޒިޝަނުންނަށާއި ބްރޯޑްކާސްޓަރުންނަށް އުފާވެރި ޚަބަރެއް: އިކޮނޮމިކް މިނިސްޓްރީ

ޝަހްޒާ މުޙައްމަދު - 28 ނޮވެމްބަރު 2025 - 13:40
ބަރން ކޮންވެންޝަނުގެ ސަބަބުން ދިވެހި މިއުޒިޝަނުންނާއި ބްރޯޑްކާސްޓަރުންގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ހިމާޔަތް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިކޮނޮމިން މިނިސްޓްރީއިން ބުނީ، އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، ދަ ބާރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އަރޓިސްޓިކް ވޯކްސްގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ދިވެހި ފިކުރީ މުދަލުގެ އުފެއްދުންތަކަށް ހުޅުވިގެން ދިޔަ އުުފާވެރި ދޮރެއްކަމަށެވެ. ބާން ކޮންވެންޝަންގައި ރާއްޖެ ބައިވެރިވެފައިވަނީ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
އެމިނިސްޓްރީއިން ބުނިގޮތުގައި ދިވެހިރާއްޖޭގެ މިއުޒިކާއި، ލަވައާއި، އަދި ބްރޯޑްކާސްޓިން ދާއިރާގެ މަސައްކަތްތަކަށް މިހާރު ވަނީ ބައިނަލްއަޤްވާމީ ކޮޕީރައިޓްގެ ރައްކާތެރިކަން ލިބިފައެވެ. މި ކޮންވެންޝަނުގެ ސަބަބުން، ދިވެހި މިއުޒިކީ ފަންނާނުންގެ ލަވަތަކާއި، ލަވަތަކުގެ ޅެންތަކާއި، އަދި އެފަރާތްތަކުގެ ޕާފޯމަންސްތައް މިހާރު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކުރެވިފައެވެ. މާނައަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އުފެއްދުންތައް ބޭނުންކުރާނަމަ، އެ ފަންނާނުންނަށް ރޯޔަލްޓީ ލިބޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ.
އަދި ހަމަ ބްރޯޑްކާސްޓިން ދާއިރާއަށް ވެސް މިކޮންވެންޝަނުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރިއިން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހި ބްރޯޑްކާސްޓަރުންގެ އުފެއްދުންތައް ކަމަށްވާ ޚަބަރުގެ ފުޓޭޖްތަކާއި، ލައިވް ޕްރޮޑަކްޝަންތަކާއި، އަދި އެހެނިހެން ޕްރޮގްރާމްތައް ވެސް ކޮޕީރައިޓްގެ ދަށުން ރައްކާތެރިކުރެވޭނެއެވެ. މި ކޮންވެންޝަންގައި ބައިވެރިވާ 181 ގައުމުގައި މި ރައްކާތެރިކަން ލިބިގެންދާނެއެވެ.
މީގެ ސަބަބުން ފިކުރީ މުދަލުގެ ވަށައިޖެހޭ ނިޒާމެއް ޤާއިމްކުރުމަށާއ،ި ދިވެހިރާއްޖޭގައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންތައް (ސީއެމްއޯ) އުފައްދައ،ި ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރަ ހޯދޭނެ މަގު ފަހި ކުރުމަށް ކުރެވުނު މަސައްކަތެއްކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެެވެ.
މި ބައިނަލްއަޤްވާމީ ކޮންވެންޝަނުގެ ސަބަބުން ދިވެހި ފަންނާނުންނާއި ބްރޯޑްކާސްޓަރުންނަށް އެމީހުންގެ އުފެއްދުންތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެއެވެ. އަދި، އެފަދަ އުފެއްދުންތައް ބޭނުންކުރާ ބޭރުގެ ފަރާތްތަކުން އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ. މިއީ ދިވެހި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.
މިއ،ީ 2030 ވަނަ އަހަރާ ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރ،ާ ޤައުމުގެ އުފެއްދުންތެރިކަމަށް ހިއްސާ ކުރާ މިންވަރު 15% އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔ،ާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމިނިސްޓްރީއިން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

އަސާސީ ކާބޯތަކެތީގެ އަގު ހެޔޮކުރުން ، ލިބިގެންދިޔަ ލުއިފަސޭހައެއް
3 މަސް ކުރިން
ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: ވަޒީރު ސައީދު
3 މަސް ކުރިން

އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާ
3 މަސް ކުރިން

ލަންކާގައި އޮންނަ ފުޓް ވެއަރ އެންޑް ލެދާ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު
3 މަސް ކުރިން


.gif&w=3840&q=75)