
ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ލަގްޒަރީ ރިސޯޓެއް ހުޅުވަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 18 ނޮވެމްބަރު 2025 - 19:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން ރާއްޖޭގައި ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.
އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޓްރަމްޕް އޯގަނައިޒޭޝަނުން ސައުދީ އަރަބިއްޔާގެ ބިޒްނަސް ޕާޓްނަރާ އެކު، ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހަދަން ރާވަމުން އަންނަ ކަމަށެވެ
ރާއްޖޭގައި ޓްރަމްޕް ހެދުމަށް ނިންމާފައިވާ ރިސޯޓް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކްރިޕްޓޯ އަދި ބްލޮކްޗެއިން އިންވެސްޓަރުންނަށް ހާއްސަކޮށް އެ ޕްރޮޖެކްޓުގައި ބައިވެރިވެވޭ ގޮތަށް ހަދަން ވެސް ރާވާފައިވާ ކަމަށް ނޫސްތަކުގައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.
ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް ގެ ނަމުން ނަން ދިނުމަށް ކަނޑައަޅާފައިވާ އެ ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށާއި އެ ރިސޯޓުގެ މަސައްކަތް ކުރާނީ ލަންޑަންގައި ލިސްޓުކޮށްފައިވާ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް ޕީއެލްސީން ކަމަށް، އެ ކުންފުންޏާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން 359 ހައުސިންގ ޔުނިިޓްގެ މަސައްކަތް ދިވެހި ކޮންޓްރެކްޓަރުންނަށް
8 ގަޑިއިރު ކުރިން

3000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެ: ބީއެމްއެލް
9 ގަޑިއިރު ކުރިން

ބީއެމްއެލްއިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން


