
އެއްވެސް ފަރާތެއް ބާކީވިޔަ ނުދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

ޝަހްޒާ މުޙައްމަދު - 21 މާރިޗު 2026 - 08:03
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޑައުން ސިންޑްރޯމް ހުންނަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ވިދާޅުވީ މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ ފަރާތްތައް މުޖްތަމަޢުގައި ޝާމިލުކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިސްލާމީ ރިވެތި އުޞޫލުތަކަށް އަލިއަޅުއްވާ ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކުން، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން އިސްކުރުމުގެ މުހިންމުކަން ހާމަވާ ކަމަށެވެ. އަދި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރުވެސް ބަޔާންވެގެންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކުދިންނާއި މީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ މީހެއްގެވެސް އިންސާނީ އަދި ދީނީ މަސްއޫލިއްޔަތެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ 28 މަސްދުވަހުގެ ތެރޭގައި މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ
ގުޅުން ހުރި ޙަބަރުތައް

މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކޮންމެ އިންސާނެއްގެވެސް ހައްގެއް: މެޑަމް ސާޖިދާ
3 ގަޑިއިރު ކުރިން

އަންނަމަހު ގިރާވަރުފަޅު ހިއްކާނިމި ޖޫންމަހު ގޯތިދޫކުރެވޭނެ: ރައީސް
5 ގަޑިއިރު ކުރިން
މާލެ ސަރަހައްދުގެ އީދު ކުޅިވަރުތަކާއެކު ދިވެހި އާއިލާތައް އުފަލުން ފުރުވާލައިފި!
ދުވަހެއް ކުރިން

ރައީސްގެ ޢީދު ސަލާމްކުރެއްވުމަށް ބޮޑު ތަރުހީބެއް
ދުވަހެއް ކުރިން


.gif&w=3840&q=75)