logo

މާލެ ސަރަހައްދުގެ އީދު ކުޅިވަރުތަކާއެކު ދިވެހި އާއިލާތައް އުފަލުން ފުރުވާލައިފި!

profile

ރިޟްވާން މޫސާ - 20 މާރިޗު 2026 - 14:56

ބަރަކާތްތެރި ފިތުރު އީދާއި ގުޅުވައިގެން މިއަދު މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފިތުރު އީދު ދުވަހުގެ ކުޅިވަރު ތަކަށް އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބި ދިވެހި އާއިލާތައް އުފާވެރިކަމުން ފުރާލައިފި އެވެ.

https://wamco.com.mv/

އީދު ދުވަހުގެ މުނާ ސަބަތާއި ގުޅުވައިގެން މިއަދު ރައްޔިތުންގެ މޫނު މަތިން ފެންނަމުން ދަނީ ހަގީގަތުގައިވެސް ހަމަ އުފާވެރި ކަމާއި ހިތް ހަމަ ޖެހުމުގެ މަންޒަރުތަކެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިސް ނެންގެވުމުގެ މަތިން މިއަދު އީދު ކުޅިވަރު މާލެ ސަރަހައްދުގައި ބާއްވާފައިވާއިރު މިފަހަރުގެ ފިތުރު އީދުގެ އެންމެހައި ކަމެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އިންނެވެ.

undefined

ހުރިހައި އުމުރު ފުރާ ތަކަކަށްވެސް ބައިވެރި ވެވޭނެ ފަދަ ގޮތަކަށް ވަރަށް ދުރާލައި ތައްޔާރީތައް ވުމާއެކު މިއަދު ފެށި އީދު ކުޅިވަރުގެ ހަރަކާތްތައް އީދުގެ ތިން ދުވަސް ނިމެންދެން ކޮންމެ ދުހަހެއްހެ ހަވީރު ހަތަރަކުން ފެށިގެން ހައެއް ޖަހަންދެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި އީދު ކުޅިވަރުތައް ބާއްވަނީ ޖުމްހޫރީ މައިދާނުގަ އެވެ. ވިލި މާލޭގައި އީދު ކުޅިވަރުތައް ބާއްވަނީ ވިލިމާލޭގެ ބޯޅަ ދަނޑުގަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި އީދު ކުޅިވަރުތައް ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

undefined

މާލެ އާއި ހުޅުމާލެ އަދި ވިލި މާލޭގައި ބާއްވާ އީދު ކުޅިވަރުތަކުގައިވެސް މިއަދު ހަވީރު ހަތަރެއް ޖެހި އިރު ހުޅުވާލުމާއެކު ކުޑަ ކުދިން ތަކާއެކު ދިވެހި އާއިލާތައް އޮތީ އެ ސަރަހައްދުތައް ފުރާލާފަ އެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމީހުންގެ އާއިލާތަކާއެކު މި ހަވީރުގައި ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

މި ހަވީރުގައި އެމްއެންޑީއެފް އަދި ފުލުހުންގެ އިތުރުން 11 މުއައްސަސާއަކުން ވަނީ ބައިވެރިވެ އެކިކަހަލަ ހަރަކާތްތައް ބާއްވައިފައެވެ. އޭގެ ތެރޭގައި އެކިއެކި ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތައް ހިމެނެއެވެ. ކުޑަކުދިން ގަޔާވާނެ ފަދަ އެކިއެކި ކެރެކްޓާތަކާއި، ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ވެސް ކުރިއަށް ދިޔައެވެ.

undefined

އެކި މުއައްސަސާ ތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އެ މުއައްސަސާ ތަކުގެ މުއައްޒަފުން ރަމްޒް ކޮށްދޭ ޔުނީ ފޯމާއި، މަސައްކަތްތަކާއި، އެކި ކަހަލަ ހުނަރު ކުދިން ލައްވައި ދައްކުވައި ދިނުން ހިމެނެ އެވެ.

މި ހަވީރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފުލުހުންނާއި ސިފައިން އެމީހުންގެ ޔުނިފޯމާއި، އެކިކަހަލަ އޮޕަރޭޝަނަލް ހަތިޔާރާއި، ބޭނުންކުރާ އުޅަނދުތައް ދައްކާލުމެވެ. ހަމައެއާއެކު ސިފައިންގެ ރެޕަލިން ޓަވަރާއި، ފޯމް ޕޫލާއި، ޔޫއޭވީ ސިމިއުލޭޝަން ހަރަކާތްތަކާއި އެމްއެންޑީއެފްގެ ވެހިކަލްތައް ބަލާލައި، ފޮޓޯ ނެގުމުގެ ފުރުސަތު ހުރިހައި ފަރާތްތަކަށްވެސް ވަނީ ދީފަ އެވެ.

undefined

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk