logo

މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކޮންމެ އިންސާނެއްގެވެސް ހައްގެއް: މެޑަމް ސާޖިދާ

profile

ޝަހްޒާ މުޙައްމަދު - 21 މާރިޗު 2026 - 10:22

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވަނީ މުޖުތަމައުގެ ތެރޭގައި އެންމެން ބައިވެރިކުރުމާއި، އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަރުގަދަ މެސެޖެއް ދެއްވާފައެވެ.

https://wamco.com.mv/

ޑައުން ސިންޑްރޯމް ޑޭއާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި، މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ތަޖުރިބާތައް ތަފާތު މީހެއް ކަމަށާއި، އެއީ އެމީހެއްގެ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި އެއީ މި ދުނިޔެ ރީތިކޮށްދޭ އެއް ސަބަބު ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ތެރެއިން ބާކީވުމާއި އެކަނިވެރިކަމާ ކުރިމަތިލާންޖެހޭ ބައެއް ނަމަވެސް، އެފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަމާއި، ކެތްތެރިކަމުގެ ނަމޫނާ ބައެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް ބަލައިގަންނަ، އަގުވަޒަންކުރާ އަދި މުޖުތަމައުގެ ހިއްސާއެއް ކަމަށް އިހުސާސްވާނެ ފަދަ މާހައުލެއް ގާއިމްކުރުމަށް އަޒުމް ކަނޑައެޅުމަށް ފަސްޓް ލޭޑީ ގޮވާލެއްވިއެވެ.

"މިއަދާއި ކޮންމެ ދުވަހަކުވެސް، އެކަކު އަނެކަކަށް އަމަލުކުރާ ގޮތުގައި މިއަށްވުރެ ބޮޑަށް ހޭލުންތެރިވެ، އެކަކުވެސް ބާކީނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަކި ބަޔަކަށް ލިބޭ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ އިންސާނެއްގެވެސް ހައްގެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk