logo

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ

profile

މުޙައްމަދު ފަޟްލޫން - 20 މާރިޗު 2026 - 21:34

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފް ޑްރޯން ބޭނުން ކުރަން ފަށައިފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ބުނީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަމަކާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެއެވެ.

ލޯންޗު ބަންޑުން ޖަހާލިއިރު، އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހުންނާއެކު ޖުމްލަ ހަތް މީހުން ތިއްބެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުންނެވެ.

ބާކީ ތިބި މީހުން ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭ މެންދަމު 02:30 ހާ ކަންހާއިރުގަ އެވެ.

ފުލުހުން މީގެ ކުރިން ބުނީ އެ ލޯންޗުން ހަތް މީހަކު ދަތުރު ކުރި ކަމަށެވެ.

ފުލުހުން ބުނީ ލޯންޗުން ދަތުރުކުރީ ޔޫކޭ އާޢި ރަޝިޔާ އަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިޔާ އަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk