logo

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ

profile

ޝަހްޒާ މުޙައްމަދު - 20 މާރިޗު 2026 - 12:53

ފިtތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާންމުކޮށް ޢީދު ބަންދަށްފަހު އިތުރު ދުވަސްތަކެއް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާނަމަ ނުވަތަ ކަނޑަނާޅާނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން އަންގަވާނެއެވެ. އެގޮތުން މިއަހަރުގެ ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު މި މަހުގެ 23 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަސް އެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތައް ހުޅުވުނު ނަމަވެސް ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށްވަނ ކަނޑައަޅުއްވާފައެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައިވާ ގަޑިތަކެކެވެ.

ރަމަޟާން މަހުވެސް ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތަކުގެ ގޮތުގައި ކަނޑައަޅާފައިއޮތީ މި ގަޑިތަކެވެ. ނަމަވެސް ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ މިނިމުނު ރަމަޟާން މަހުގެ ފަހު 10ން ފެށިގެން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މި ނިންމެވުމަކީ ފަހު 10ގައި އަޅުކަމަށްދޭ ވަގުތު އިތުރުކުރުމުގެ ފުރުސަތު ދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk