
ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް

މުޙައްމަދު ފަޟްލޫން - 20 މާރިޗު 2026 - 21:33
"ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ.
ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ސިވެކް އިން ކުރިޔަށްގެންދިޔަ ފޯރމް ޕޫލް ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، އެމްއެންޑީއެފް މެރިން ކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، ސްޕެޝަލް އޮޕަރޭޝަން ގްރޫޕްއިން ކުރިއަށް ގެންދާ އޯވަހެޑް އޮބްސްޓިކަލް ކްރޮސިންގެ އިތުރުން ސްޕެޝަލް ފޯސަސްއިން ކުޑަކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
ހަމައެއާއެކު، އެމްއެންޑީއެފް އެރއަރ ކޯރއިން ޔޫއޭވީ ޑިސްޕްލޭގެ އިތުރުން ސިމިއުލޭޓަރ ތަޖުރިބާކުރުމާއި، އެއަރ ޕިސްޓަލް އަދި އެއަރ ރައިފަލުން ޝޫޓްކޮށްލުމުގެ ފުރުޞަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްޓޯލުން ތަޖުރިބާކޮށްލުމާއި، ކުޑަކުދިންނާ ގުޅޭ އިހުޒަމާނުގެ ފުލޯކް ވާހަކަތަކުގައި އުޅޭ ބައެއް މީހުންގެ ސިފަ ދައްކުވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދިވެހި ސިފައިންގެ ކުލަބުން ޕެނަލްޓީ ޝޫޓްއައުޓް ތަޖުރިބާކުރުމުގެ ހަރަކާތުގެ އިތުރުން މަސައްކަތްތެރިކަމުގައި ބޭނުންކުރާ އެކިއެކި އާލާތްތައް ބޭނުންކުރުމުގެ ތަޖުރިބާކޮށްލުމަށް އެމްއެންޑީއެފް ސަރވިސް ކޯރއިން ކުރިއަށް ގެންދާ ހަރަކާތްތަކާއި، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ސަޤާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅައިދީފައެވެ.
ބަރަކާތްތެރި ފިތުރު ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" ގެ ހަރަކާތްތައް މާރިޗު 21 އަދި 22ވަނަ ދުވަހު ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، މި ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
2 ގަޑިއިރު ކުރިން
މާލެ ސަރަހައްދުގެ އީދު ކުޅިވަރުތަކާއެކު ދިވެހި އާއިލާތައް އުފަލުން ފުރުވާލައިފި!
8 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބީއެމްއެލް އިން ބާއްވައިފި
10 ގަޑިއިރު ކުރިން

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)