
ހޫނު ގަދަވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޝަހްޒާ މުޙައްމަދު - 21 މާރިޗު 2026 - 08:02
މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނު ވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން އެޗްޕީއޭއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޢިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ، ހެނދުނު 10 އަކުން ހަވީރު 4 އަކާއި ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ގިނައިން ދިޔާ ތަކެތި ބުއިމަށްވެސް ވަނީ ބާރުއަޅާފައެވެ.
ކުޑަކުދިން ހޫނުން ރައްކާތެރި ކުރުމަށްޓަކައި ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގަޔަށް ދޫ ތުނި ހެދުން ލެއްވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގާތުން ކިރުދޭ ކުދިންނަށް ޤަވާއިދުން ކިރު ދިނުމަށާއި، 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ދިޔާ ތަކެއްޗާއި، ފެން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން ހޫނުގަދަ ގަޑިތަކުގައި ބޭރަށް ގެންދަން ޖެހިއްޖެ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން އަދި ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންގެ އިތުރުން އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތަކުން ސަމާލުވުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކޮންމެ އިންސާނެއްގެވެސް ހައްގެއް: މެޑަމް ސާޖިދާ
23 މިނިޓު ކުރިން

ޓަގުބޯޓަކާއި ލޯންޗެއްޖެހި ބޮޑެތި ގެއްލުންތަކެއް
3 ގަޑިއިރު ކުރިން

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
13 ގަޑިއިރު ކުރިން

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)