
އަންނަމަހު ގިރާވަރުފަޅު ހިއްކާނިމި ޖޫންމަހު ގޯތިދޫކުރެވޭނެ: ރައީސް

ޝަހްޒާ މުޙައްމަދު - 21 މާރިޗު 2026 - 08:01
ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 30ވަނަ ދުވަހުއެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ ޖަނަވަރީމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.މަސައްކަތް އަވަސްކުރުމަށްޓަކައި ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެއްވެސް ފަރާތެއް ބާކީވިޔަ ނުދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
7 ގަޑިއިރު ކުރިން
މާލެ ސަރަހައްދުގެ އީދު ކުޅިވަރުތަކާއެކު ދިވެހި އާއިލާތައް އުފަލުން ފުރުވާލައިފި!
ދުވަހެއް ކުރިން

ރައީސްގެ ޢީދު ސަލާމްކުރެއްވުމަށް ބޮޑު ތަރުހީބެއް
ދުވަހެއް ކުރިން

ރައީސް، އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް، އީދުގެ ތަހުނިޔާ ފޮނުއްވައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)