logo

ޓިއުބު ނުލިބި އަޛާން ނިޔާވި ހާދިސާ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 11:41

ކާންދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބެއް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދި އެތައް މަހެއް ވަންދެން ކުރި މަސައްކަތަށްފަހު، އެ ތަކެތި ނުލިބި ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

https://wamco.com.mv/

ހެލްތް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ މި ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުން" އަންނަ ކަމަށެވެ.

ނިޔާވި ކުއްޖާ އާއި ބެހޭ ގޮތުން ޝޯޝަލް މީޑިޔާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނު ކަމަށެވެ.

ނަމަވެސް، އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް ކަމަށެވެ.

އެ ޓިއުބް ހަވާލުކުރުމަށް ކުއްޖާގެ މަންމައަށް ގުޅިއިރު، ވަގުތު ފާއިތުވެ ކުއްޖާ އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށް މަންމަ ބުނިކަމަށް އޭނާ އިއްޔެ ކުރި ޕޯސްޓުގައި އޮތެވެ. އޭނާ ވަނީ މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އިންތިހާއަށް އޮތް ކަމަށް ބުނެ، އެއްވެސް ޒިންމާދާރުކަމެއް ނެތް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk